ޓީވީ ތަރި ގޯތަމްގެ ދެމަފިރިން ކައިވެނީގެ އަހަރީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ހިންދީ މަޝްހޫރު ޓީވީ ތަރި ގޯތަމް ރޯޑް އާއި އަންހެނުން އަދި ޓީވީ ބަތަލާ ޕަންކުރީ އަވަސްތީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ. ދެމަފިރިން ޗުއްޓީ ހޭދަކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި އެވެ. އެމީހުން ވަނ...

10 Feb 2020 | 06:19

ހިންދީ މަޝްހޫރު ޓީވީ ތަރި ގޯތަމް ރޯޑް އާއި އަންހެނުން އަދި ޓީވީ ބަތަލާ ޕަންކުރީ އަވަސްތީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.

ދެމަފިރިން ޗުއްޓީ ހޭދަކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި އެވެ. އެމީހުން ވަނީީ ރިސޯޓާއި ރާއްޖޭގެ ހިތްހައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތައް އިންސްޓްގަރާމްގައި ސަޕޯޓާރުންނާއި ހިއްސާ ކުރަމުންނެވެ. އަދި އެމީހުންގެ ޗުއްޓީގައި ކުރަމުންދިޔަ ހުރިހާ ކަމެއް ވީޑިއޯގެ ޒަރިއްޔާއިންވެސް ސަޕޯޓަރުންނަށް ވަނީ ދައްކާލާފަ އެވެ.

https://www.instagram.com/p/B8Jfr9Bg3Er/

https://www.instagram.com/p/B8ON1MUAdzy/

https://www.instagram.com/p/B8WO6SKg-QP/

އެމީހުން ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލަން ކުރި މި ދަތުރަކީ ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ކުރި ދަތުރެކެވެ. އެމީހުން ކައިވެނި ކުރީ2018 ވަނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ.

ޕަންކުރީ މިހާރު ފެނިގެންދަނީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ވެދިކާގެ ރޯލް ކުޅެމުން އަންނަ ބަތަލާގެ ރޯލުންނެވެ. ޕަންކުރީ ފެނިގެންދާ ފުރަތަމަ ބޮލީވުޑް ފިލްމު "ޝުބް މަންގަލް ޒާދާ ސާވްދާން" މިމަހު ރިލީޒް ކުރާނެ އެވެ.

ގޯތަމް މިހާރު ކުޅެމުން އަންނަނީ ސަބް ޓީވީން ދައްކަމުން އަންނަ "ބާޚަރްވާދީ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް