މައުލޫމާތު ފުރިހަމަ ނުވާތީ އެމްޑީޕީގެ 10 ކެނޑިޑޭޓެއްގެ ފޯމު އީސީން އަނބުރާ ފޮނުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ކެނޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާއިރު އެ ފޯމުތަކުގެތެރެއިން 10 ކެނޑިޑޭޓެއްގެ ފޯމު އަނބުރާ ފޮނުވާލައ...

10 Feb 2019 | 15:13

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ކެނޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާއިރު އެ ފޯމުތަކުގެތެރެއިން 10 ކެނޑިޑޭޓެއްގެ ފޯމު އަނބުރާ ފޮނުވާލައިފިއެވެ.

76 ފޯމެއް ބަލައިގަނެ 10 ފޯމެއް އަނބުރާ ފޮނުވާލާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް މިއަދު ވަނީ މީޑިއާއަށް މައުލޫމާތުދެއްވާފައެވެ. އީސީން ބުނެފައިވާގޮތުގައި އީސީން މިހާރު ވާނީ އެކަން އެމްޑީޕީއަށްވެސް އަންގާފައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ 76 ކެނޑިޑޭޓުންގެ އިތުރުން މިހާތަނަށް އަމިއްލަ ފަސް ކެނޑިޑޭޓަކުވެސް ވަނީ އިލެކްޝަންސަށް ފޯމު ހުށަހަޅާފައެވެ. އޭގެ ތެރެއިން ތިން ފޯމެއް މިހާރު ބަލައިގަނެފައިވާކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކެނޑިޑޭޓް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަހުގެ 21ގެ ނިޔަލަށެވެ. އިންތިހާބު ބާއްވަން ނިންމާފައިވަނީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް