އެމްޓީސީސީން އޮޕަރޭޓްކުރާ ވިލިމާލެ ފެރީއަކާއި އެއާޕޯޓް ފެރީއެއްޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކާއި ފިރިހެނަކު ހޭނެތިއްޖެއެވެ.
މީޑީއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި އެކްސިޑެންޓް ހިނގުމާއެކު ލިބުނު ޝޮކެއްގައި އެއް ފެރީގެ ކެޕްޓަނާއި ފެރީން ދަތުރުކުރި އަންހެނަކު ހޭނެތުނު ކަމަށެވެ.
އެ ދެމީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ތިން އަހަރުގެ އަންހެން ކުއްޖެއްގެ އަތަށް ތަދުވެ ކަނާތު ފައިގެ ހަން މަށައިގެން ގޮސްފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް