ޓްރިވެންޑްރަމްގައި ޕަބްޖީ ކުޅުން މަނާކުރަނީ

ޕްލެޔަރއަންނައުންސް ބެޓަލްގްރައުންޑް ޕަބްޖީ ކުޅުން އިންޑިއަގެ ގުޖުރާތުގައި މަނާކޮށްފައިވާއިރު ޓްރިވެންޑްރަމް އާއި ޓްރިވެންޑްރަމް ނިސްބަތްވާ މުޅި ކެރެލާ ސްޓޭޓްގައި މި ގޭމް ކުޅުން މަނާކުރަން ތައްޔާރުވަމ...

10 Feb 2019 | 06:32

ޕްލެޔަރއަންނައުންސް ބެޓަލްގްރައުންޑް ޕަބްޖީ ކުޅުން އިންޑިއަގެ ގުޖުރާތުގައި މަނާކޮށްފައިވާއިރު ޓްރިވެންޑްރަމް އާއި ޓްރިވެންޑްރަމް ނިސްބަތްވާ މުޅި ކެރެލާ ސްޓޭޓްގައި މި ގޭމް ކުޅުން މަނާކުރަން ތައްޔާރުވަމުން އަންނަ ކަމުގައި ކެރެލާގެ އެޑިއުކޭޝަން ޑިޕާޓްމެންޓުން ބުނެފިއެވެ.

އެ ޑިޕާޓްމެންޓްގެ ޕްރިންސިޕަލް ސެކްރެޓަރީ އޭ . ޝާހްޖަހާން ބުނެފައިވަނީ ގުޖުރާތުގައި ޕަބްޖީ ކުޅުން މަނާކޮށްފައިވާއިރު ކެރެލާގައިވެސް ޕަބްޖީ ކުޅުމަށް ދަރިވަރުން ދެވިހިފާފައިވާކަން ބެލި ބެލުމުން އެނގޭ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ރަސްމީކޮށް ހުށަހެޅުމަށް ކިޔަވައިދޭ މަރުކަޒުތަކަށް މިހާރު ފުރުސަތު ދީފައިވާނެ ކަމަށާއި ޝަކުވާ ކުރުމުން މަނާކުރާނެ ކަމުގައި އޭނާ ބުނެފައިވެއެވެ.

ގުޖުރާތުގައި ޕަބްޖީ ކުޅުން މަނާކޮށް ކެރަލާގައި ޕަބްޖީ ކުޅުން މަނާކުރުމަށް ތައްޔާރުވަމުން އަންނައިރު އެ ގައުމުގެ ނެޝަނަލް ކޮމިޝަން ފޮރ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް (އެންސީޕީސީއާރު)ން މުޅި އިންޑިއާގައި ޕަބްޖީ މަނާކުރުމަށް އެގައުމުގެ ސަރުކާރަށް ލަފާ ދީފައިވެއެވެ.

އެންސީޕީސީއާރުން ސިފަކޮށފައިވާގޮތުގައި ޕަބްޖީ އަކީ "ބްލޫ ވޭލް" ފަދަ ގޭމެކެވެ. އަދި ދަރިވަރުންނާއި ކުޑަކުދިން މި ގޭމުން ސަލާމަތްކުރުމަށް އެ ކޮމިޝަނުން ސަރުކާރަށް ޕްރެޝަރުކޮށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް