ގއ. ވިލިގިލީގައި ތޫނު އެއްޗަކުން ހަމަލާދީ 28 އަހަރުގެ މީހަކު ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ ރޭ 23:22 ހާއިރު އެމީހާ އަށް ހަމަލާ ދީފައިވާއިރު، އެމީހާގެ ކަރަށާއި ބޮލަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ. ޒަހަމްވި މީހާ އަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
އެ މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމުގައިވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް