ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މައުމޫން ރިފޯމް މޫވްމަންޓްގެ ފަރާތުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެމްއާރުއެމްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި "ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަޔަށް އެދި ހުށަހަޅާ ފޯމް" އެމްއާރުއެމްގެ ފަރާތުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.
https://twitter.com/RMAG_MRM/status/1094454869459591168
މި ފޯމް މިއަދު އިލެކްޝަންސަށް ހުށަހަޅާފައިވާއިރު އެމްއާރުއެމްގެ ފަރާތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުން ނިންމާފައިވާކަން ރައީސް މައުމޫން ހާމަކުރެއްވިއެވެ. އަދި އެކަމުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަމުގައިވެސް ހާމަކުރެއްވިއެވެ. އެދުވަހު ހާމަކުރެއްވި ގޮތުގައި ޕާޓީ އުފައްދަން އެމްއާރުއެމްއިން ނިންމާފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް