ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ބާޒާރުގައި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސް ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޑީސަލް ވިއްކާ އަގު ބޮ...

10 Feb 2019 | 04:37

އެސްޓީއޯއިން ބާޒާރުގައި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސް ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޑީސަލް ވިއްކާ އަގު ބޮޑުކުރަން އެސްޓީއޯއިން ނިންމާފައިވާކަމަށާއި މިގޮތުން، މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުވާނެ ކަމަށެވެ.

"އެހެން ކަމުން ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބެން ހުންނާނީ 10.89ރ އަށެވެ." އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއިން މި ފަހުން ވަނީ ޑީސަލް އަދި ޕެޓްރޯލް ވިއްކާ އަގު ވަރަށް ބޮޑުތަން ދަށްކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ޑީސަލް ލިޓަރަކުން 2ރ. ޕެޓްރޯލް ލިޓަރަކުން 1ރ. އަގު ހެޔޮކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް