މޯދީ މާދަމާ އެކުވެރި އަރަބި އިމާރާތަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ، އެކުވެރި އަރަބި އިމާރާތަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. މޯދީ އެކުވެރި އަރަބި އިމާރާތަށް ވަޑައިގަންނަވަނީ އެ ގައުމުގައި ފެށުމަށް ހަމަޖެހިފައިވާ "ވޯލްޑ...

10 Feb 2018 | 14:24

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ، އެކުވެރި އަރަބި އިމާރާތަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މޯދީ އެކުވެރި އަރަބި އިމާރާތަށް ވަޑައިގަންނަވަނީ އެ ގައުމުގައި ފެށުމަށް ހަމަޖެހިފައިވާ "ވޯލްޑް ވަގަރމަންޓް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށެވެ. މި އަހަރު އިންޑިއާ ހަމަޖައްސާފައިވަނީ އެ ސަމިޓުގެ ޝަރަފުވެރި ގައުމުގެ ގޮތުގައި އެވެ.

މޯދީ މާދަމާ އެގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެގައުމުގައި ހުންނެވި އިންޑިއާގެ ސަފީރު ނަވްދީޕް ސިންގް ސޫރީ ހާމަކުރައްވާފައިވާގޮތުގައި މޯދީގެ މި ދަތުރުފުޅުގައި އެކުވެރި އަރަބި އިމާރާތުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެ އެވެ. އަދި އިންޑިއާއާއި އެކުވެރި އަރަބި އިމާރާތާއި ދެމެދު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް