ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ މައުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވަން: އެމްއެންޑީއެފް

ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ގައުމީ ދިފާއީ ބާރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) ނަސޭޙަތްތެރިވެ އިލްތިމާސް ކޮށް...

10 Feb 2018 | 14:05

ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ގައުމީ ދިފާއީ ބާރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) ނަސޭޙަތްތެރިވެ އިލްތިމާސް ކޮށްފި އެވެ.

މިކަމަށް ނަސޭހަތްތެރިވެ އިލްތިމާސް ކޮށްފައިވަނީ އެމްއެންޑީއެފުން ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253  ވަނަ މާއްދާގެ ދަށުން ރާއްޖޭގައި މިވަގުތު އިޢުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސިފައިންގެ މީހުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ހާމަކުރަމުންދާކަން ފާހަގަކުރަމެވެ. އަދި ދިވެހި ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލޭފަދަގޮތަށާއި، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ ގޮތްގޮތަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތު ފަތުރަމުންދާކަން ވެސް ފާހަގަކުރަމެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އަދި ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ނަސޭޙަތްތެރިވެ އިލްތިމާސް ކުރާ ކަމަށާއި ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް