ގެއްލިގެން ހޯދަމުންދިޔަ 2 ޑައިވަރުން ފެނިއްޖެ

އަލަށް ރިސޯޓެއް ހަދަމުންދާ ކ.މާފަޅުގައި މަސައްކަތް ކުރަމުން ގެންދާ ދެ ބިދޭސީން ޑައިވް ކުރަން ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުނީ، އެ ދެމ...

10 Jan 2020 | 11:51

އަލަށް ރިސޯޓެއް ހަދަމުންދާ ކ.މާފަޅުގައި މަސައްކަތް ކުރަމުން ގެންދާ ދެ ބިދޭސީން ޑައިވް ކުރަން ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުނީ، އެ ދެމީހުން ފެނިފައިވަނީ ހެލެނގެލި ރިސޯޓްގެ ސްޕީޑް ބޯޓަށް ކަމަށެވެ.

އެ ދެމީހުން ފެނުނު އިރު ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ޑައިވް ކުރަން ދިޔަ ފަހުން ހަަބަރެއް ނުވެގެން، އެ ހާދިސާ އެމްއެންްޑީއެފް އަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 14:35 ހާއިރެވެ.

ޑައިވިންއަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދާފައިވާއިރު އިތުރު ދެ ދިވެއްސަކުވެސް ގެއްލިގެން ދަނީ ހޯދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް