ޑައިވް ކުރަން ދިޔަ ދެ ބިދޭސީން ގެއްލިގެން ހޯދަނީ

އަލަށް ރިސޯޓެއް ހަދަމުންދާ ކ.މާފަޅުގައި މަސައްކަތް ކުރަމުން ގެންދާ ދެ ބިދޭސީން ޑައިވް ކުރަން ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ،...

10 Jan 2020 | 11:05

އަލަށް ރިސޯޓެއް ހަދަމުންދާ ކ.މާފަޅުގައި މަސައްކަތް ކުރަމުން ގެންދާ ދެ ބިދޭސީން ޑައިވް ކުރަން ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ، ހެލެނގެލި އައިލެންޑް ރިސޯޓްގެ އުތުރު ފަޅު ހިއްކައިގެން ހަދަމުންގެންދާ ރިސޯޓެއް ކަމަށްވާ މާފަޅުގައި މަސައްކަތް ކުރާ ދެ ބީދޭސީން ޑައިވް ކުރަން ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓަށް ލިބުނީ މިއަދު މެންދުރު 14:35 ހާއިރު ކަން ފާހަގަކުރަމުން، އެމްއެންޑީއެފް އިން ބުނީ ހަބަރެއް ނުވެގެން ހޯދަމުން ދަނީ ދެ ފިރެހެނުން ކަމަށެވެ.

އެ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ސްކްއަޑްރަން އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް