7 ކައުންސިލަރުން އިންތިހާބު ކުރަނީ 14 ރަށުގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަތް ކައުންސިލަރުން އިންތިހާބު ކުރަނީ 14 ރަށުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ހަތް ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށް ހއ. ހޯރަފުށި - ...

10 Jan 2020 | 10:21

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަތް ކައުންސިލަރުން އިންތިހާބު ކުރަނީ 14 ރަށުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ހަތް ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށް

ހއ. ހޯރަފުށި - އާބާދީ 3479

ހއ. އިހަވަންދޫ - އާބާދީ 3425

ހއ. ދިއްދޫ - އާބާދީ 4440

ރ. ދުވާފަރު - އާބާދީ 4808

ބ. އޭދަފުށި - އާބާދީ 3367

ބ. ތުޅާދޫ - އާބާދީ 3001

ޅ. ނައިފަރު - އާބާދީ 5529

ޅ. ހިންނަވަރު - އާބާދީ 4929

އދ. މާމިގިލި - އާބާދީ 3088

ދ. ކުޑަހުވަދޫ - އާބާދީ 3271

ލ. ގަން - އާބާދީ 4979

ގއ. ވިލިނގިލި - އާބާދީ 3780

ގދ. ތިނަދޫ - އާބާދީ 7797

ގދ. ގައްދޫ - އާބާދީ 3079

ގާނޫނުގައި ބުނާގޮތުން 3000 ވުރެ އާބާދީ މަދު ކޮންމެ ރަށަކަށް އިންތިހާބު ކުރަންޖެހެނީ ފަސް ކައުންސިލަރުންނެވެ. އަދި 3000 ވުރެ އާބާދީ ބޮޑު ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ހަތް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުުރުން 164 ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެންބަރުންނެވެ. އެއީ 3000 ވުރެ އެ ރަށްރަށުގައި އާބާދީ މަދުވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް