ގެސްޓްހައުސް ޓޫރިޒަމްގެ ހަރަކާތްތައް އެންމެ ބޮޑަށް ހިނގާ ކ. މާފުށި އޮންނަ ސަރަހައްދުން ސަފާރީ އުޅަނދުތައް ނެގުމަށް އެ ރަށުގެ ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އަންގައިފިއެވެ.
މާފުށި ކައުންސިލުން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކައުންސިލުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް ނެގުމަށް އަންގާކަމަށެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ނަމަވެސް އެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކައުންސިލެއްގެ އިހްތިސާސް މިހާތަނަށް ކަނޑައަޅުއްވާފައި ނުވާކަމާށެވެ.
އެހެންކަމުން މާފުށީގެ ކައިރީގައި އަޅާފައި ހުރި ސަފާރީ އުޅަނދުތަކަށް ފޮނުވި ނޯޓިސް ބާތިލުކުރުމަށް މާފުށި ކައުންސިލަށް އެލްޖީއޭއިން މިހާރު އަންގާފައިވާނެކަމަށް އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް