ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި

މަޖިލީސް19 އިންތިޚާބުގައި ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމާ މެދު އިލެކްޝަންސް ކޮމިޝަންއިން ޓުރިޒަމް މިނިސްޓްރީއާ މަޝްވަރާކޮށްފި އެވެ. އޮންލައިން ނޫހެއް ކަމަށް ވާ "ވަން އޮންލައިން" އަށް މައުލޫމާތު ދެ...

10 Jan 2019 | 08:04

މަޖިލީސް19 އިންތިޚާބުގައި ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމާ މެދު އިލެކްޝަންސް ކޮމިޝަންއިން ޓުރިޒަމް މިނިސްޓްރީއާ މަޝްވަރާކޮށްފި އެވެ.

އޮންލައިން ނޫހެއް ކަމަށް ވާ "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ މިއަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ރިސޯޓު ތަކުގައި ވޯޓުފޮށި ބެހެއްޓުމާމެދު އިލެކްޝަންސް ކޮމިޝަނުން އިއްޔަ ޓޫރިޒަމް މިނިސްޓްރީއާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ވޯޓު ފޮށި ބަހައްޓާނެ ތަންތަނާއި، ދިމާވެދާނެ ދަތިތަކާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ރިސޯޓް ތަކުގައި ވޯޓްފޮށި ބެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މިފަހަރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އިއްޔެގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މަޓީ ވެސް ހިމެނޭ ގޮތަށް ކަމަށް ވެސް އިކުރާމް ހާމަކުރެއްވިއެވެ.

އަދި ހުރިހާ ފަރާތްތައް ގުޅިގެން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުންތައް މީޑިއާއާ ހިއްސާކުރައްވާނެ ކަމަށާއި، އިންތިޚާބުގެ ކަންކަމާ ގުޅޭ ގޮތުން އީސީ އިން އެލްޖީއޭގެ އިސް ވެރިންނާ ވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިހާބު މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާރޗް މަހުގެ ހަވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް