ފިޝަރީޒް މިނިސްޓްރީގެ މޯބައިލް ވެޓެރިނަރީ ހިދުމަތް އެއްތަނަކުން ދިނުމުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
ވިލިމާލެގައި މި ސާވިސް މިއަދު ރަސްމީކޮށް ފައްޓާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކުރައްވާފައިވަނީ މިނިސްޓަރ ޒަހާ ވަހީދެވެ.
މިއަދު ތައަރަފް މިކުރި މޯބައިލް ވެޓެރިނަރީ ހިދުމަތަކީ ކުލިނިކެއްގެ ހިދުމަތް ނޫން ކަމަށާއި ނަމަވެސް، މޯބައިލް ވެޓެރިނަރީގެ ހިދުމަތް އެއްތާކުން ދެވޭނެ އިންތިޒާމް ހަމަޖެއްސެވީ ކަމަށް މިނިސްޓަތ ޒަހާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
ޒަހާ އިތުރަށް ވިދާޅުވި ގޮތުގައި، ޖަނަވާރުންނަށް ފަރުވާދިނުމަށް ހާއްސަ ބޭސްތަކެއް ބޭނުންވާނެތީ މި ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުންވެސް އަގެއް ނަގާނެ ކަމަށެވެ. އަދި ޖަނަވާރުންނަށް ބޭނުންވާ ބޭސް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޒަހާ ވިދާޅުވިގޮތުގައި ޖަނަވާވަރުންނަށް އަޅައިލައި ހެދުމަކީ ދީނުގައި ވެސް ވަރަށް ބާރު އަޅައި ކަމެއް ކަަމަށެވެ. މިއަދު މި ހިދުމަތް އިފްތިތާހް ކުރުމުގެ ގޮތުން ދެކުއްޖަކު ގެންގުޅޭ ބުޅަލަށް ވަނީ ވެކްސިން ދީފައެވެ.
މީގެ އިތުރުންވެސް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، މި ހިދުމަތް ދެނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު ނުވައަކުން މެންދުރު ދޭކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް