އަގުހެޔޮކޮށްފައިވާ އެތެރޭގެ އުދުހުން ތަކުގެ ޓިކެޓު މިއަދުން ފެށިގެން ވިއްކަން ފަށައިފިއެވެ.
މޯލްޑިވިއަން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި، އެކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ އެންމެ އަގުހެޔޮ ކޮށް ދަތުރު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައި ވާ ކަމަށާއި، ކުރިން އެންމެ އަގުބޮޑުކޮށް ވިއްކަމުންދިޔަ ދެފެއާ މިއަދުން ފެށިގެން ނޯންނައިރު، އަގުހެޔޮ ކުރުމާއިއެކު ލޯވަސްޓު ފެއާގެ ޓިކެޓުވެސް ލިބެމުން ދާނެކަމަށެވެ.
ކުރިއަށްވުރެ އަގުހެޔޮ ފެއާގައި ޓިކެޓު ލިބޭވަރު ތިންގުނަ އަށް އިތުރުވެގެންދާނެ ކަމަށާއި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ހަމަޖެހިފައިވާ އިރު ޓިކެޓުގެ އަގަށް އައި ބަދަލު ގެ ސަބަބުން ދަތުރު ކުރާ މީހުންނަށް އެތަކެއް ލުއިފަސޭހަ ތަކެއް ލިބިގެން ދާނެކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
އަދި ޓިކެޓުގެ އަގު ހެޔޮކުރުމާއިއެކު ކުރިން އެންމެ ހެޔޮ އަގުގައި ދޭ ޓިކެޓުގެ 15،000 ސީޓު އިތުރައް މިހާރު ކޮންމެ ދުވަހަކު ވެސް ލިބިގެން ދާނެކަންވެސް ވަސީމް ފާހަގަ ކުރެއްވިއެވެ.
އެތެރޭގެ އުދުހުން ތަކުގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް