ސަލްޓަން ޕާކް ތެރޭގައި ހުރި އުސްގެކޮޅު ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 12 އަހަރަށް ކުއްޔަށް ދީފައި ކަމަށް، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ހެރިޓޭޖް މިނިސްޓަރ ޔުމްނާ އިތުރަށް ވިދާޅުވިގޮތުގައި، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އުސްގެކޮޅު ކުއްޔަށް ދީފައިވާއިރު، އުސްގެކޮޅު އެހެން ތަނަކަށް ބަދަލުކުރުމުގެ ހިޔާލުވެސް ކުރީގެ ސަރުކާރުން ގެންގުޅުނު ކަަމަށެވެ. އުސްގެކޮޅު ކުއްޔަށް ދީފައިވަނީ އެއްވެސް އިއުލާނެއް ކުރުމެއްނެތި އޭރުގެ ހޯއުސިންގ މިނިސްޓްރީގެ ތެރެއިން ކަމަށްވެސް ޔުމްނާ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އުސްގެކޮޅު ކުއްޔަށް ދީފައިވަނީ، އެތާނގައި ރެސްޓޯރެންޓެއް އެޅުމަށް ކަމަށް ބުނެ ކުރިންވެސް ބައެއް މީހުން ވަނީ އަޑު ފަތުރާފައެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން އޭރުގެ ސަރުކާރުން އަދި ހައުސިންގް މިނިސްޓަރ މުއިއްޒު ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އުސްގެކޮޅަކީ، އަލްސުލްތާން މުހައްމަދު އިމާދުއްދީން ހަވަނަ (ހާޖީ އިމާދުއްދީން) ގެ ރަސްކަމުގައި، ރަސްރަސްކަލުން ބޭނުންފުޅު ކުރެއްވުމަށް އިމާރާތް ކުރި ތަނެކެވެ. މިގަނޑުވަރު ބިނާކުރެއްވީ އިމާދުއްދީން ރަދުން ކަމުގައިވިޔަސް އެންމެ ފުރަތަމަ މި ގަނޑުވަރުގެ ބޭނުންކުރެއްވީ ޝަމުސުއްދީން ރަދުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް