މާލޭގައި އަނިޔާވެރިކޮން ބުޅާ މަރައި މައްސަލަ ބަލައިދިނުމަށް އެދި ޕެޓިޝަނެއް ފުލުހުންނަށް ހުށައަޅައިފިއެވެ.
ފުލުހުން ރޭގައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މާލޭ މަގުމަތީގައި ބުޅާ މަރައި، މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުން އެބަ ގެންދާ ކަަމަށެވެ.
ޖަނަވާރުތަކުގެ ހިމާޔާތަށް މަސައްކަތް ކުރާ ފަރާތަކުން ނޫހަކަށް އިންޓަވިއުއެއްގައި ބުނި ގޮތުގައި، ރާއްޖޭގައި އަނިޔާވެރިކޮށް ޖަނަވާރު މަރާ މައްސަލައަކީ ދުވަސް ކޮޅު ކޮޅުން ފެންމަތިވާ މައްސަލައެއް ކަަމަށެވެ. އަދި މިދުވަސްކޮޅު ފެންމަތި މިވީ އިހާނެތިކޮށް އަނިޔާ ދީގެން ޗަންޕާ ސެންޓަރަލް ހޮޓެލް ކައިރިން ބުޅާ މަރާ މައްސަލަ ކަަމަށެވެ.
ޗަންޕާ ސެންޓަރަލް ހޮޓެލް ސަރަހައްދުން މިހާ ތަނަށް އަނިޔާވެރިކޮށް މަރާލާފައިވާ 4 ބުޅާ ފެނިފައިވާއިރު، ވަރަށް ގިނަ ބަޔަކު ދަނީ މިކަން މީސްމީޑިއާގައި ވެސް ވަަރަށް ހަރުކަށިކޮށް ކުށްވެރިކުރަމުންނެވެ. އަދި މިކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ދަނީ ގޮވާލަމުންނެވެ.
މީސްމީޑިއާގައި މިކަން ކުށްވެރި ކުރަމުން، ވާހަކަ ދައްކާފައިވާ މީހަކު ބުނެފައިވާ ގޮތުގައި، ބުޅާތައް މަރާފައި ހުންނަނީ ބޮލުގައި އެއްޗަކުން ޖަހައިގެން ކަަމަށެވެ. އަދި މިއަމަލު ހިންގަނީ ގުރޫޕަކުން ކަަމަށްވެސް އޭނާ ތުހުމަތު ކުރެއެވެ.
ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިންވަނީ، ބުޅާ މެރުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި ވެސް މިދިޔަ ހޮނިހިރު ދުވަހު ބައްދަލުކުރައްވާފައެވެ.
ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ގާނޫނުގައި ވެސް ކުށް ކަނޑައެޅިފައިވާ ގަނޫނީ ކުށެކެވެ. އެގޮތުން ކުށުގެ އަދަބެއްގެ ގޮތުން 1 މަހާއި 6 ދުވަހަށް ޖަލަށް ލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް