މަރްހޫމް ރާމިޒްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރަށްފަހު އިސްލާމީ މަރުކަޒުގައި

ޑިއުޓީގައި ހުއްޓާ އިއްޔެ ކުއްލި ގޮތަކަށް ނިޔާވި، މަރްހޫމް، ކެޕްޓަން މުހައްމަދު ރާމިޒްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރަށްފަހު އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދަން ނިންމައިފިއެވެ. މީޑިއާތަކަ...

10 Jan 2019 | 01:37

ޑިއުޓީގައި ހުއްޓާ އިއްޔެ ކުއްލި ގޮތަކަށް ނިޔާވި، މަރްހޫމް، ކެޕްޓަން މުހައްމަދު ރާމިޒްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރަށްފަހު އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދަން ނިންމައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މަރްހޫމްގެ މޫނު ދެއްކުން މިއަދު 10:30ގައި އާސަހަރާ މިސްކިތުގައި ކުރިއަށްދާނެކަމަށެވެ. ކަށުނަމާދު އޮންނާނީ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި ފަސްދާނުލުން އޮންނާނީ އަސްކަރީ އިއްޒަތުގައި ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ނިޔާވި އިރު އޭނާ ހުރީ ޑިއުޓީގައި އެމްއެންޑީއެފް ނޮދަން އޭރިއާ ޕޯސްޓްގައެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ކެޕްޓަން ރާމިޒް އިއްޔެ ހަވީރު އެކްސަސައިޒް ގައި ބައިވެރިވެ ދުވަމުން ދަނިކޮށް ކުއްލިއަކަށް ވެއްޓިގެން ވަގުތުން ފަރުވާއަށް ނައިފަރު ހޮސްޕިޓަލަށް ގެންދެވުނެވެ. ނިޔާވި އިރު ކެޕްޓަން ރާމިޒްގެ އުމުރަކީ 48 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް