ޖަރުމަނު ސަފީރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖެން ރޮޑާ އާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމްޝަރީފް ޢުމަރު ބައްދަލު...

10 Jan 2018 | 14:29

ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖެން ރޮޑާ އާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމްޝަރީފް ޢުމަރު ބައްދަލު ކުރައްވައިފިއެވެ.

ޑިފެންސް މިނިޓްރީން ހާމަކުރައްވާގޮތުގައި، މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮތް ގާތް ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މީގެ އިތުރުން ޓެރަރިޒަމާއި ޙައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، މަސައްކަތްކުރުމަށް ޤާއިމްކުރެވިފައިވާ ވަޞީލަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގައި ޓެރަރިޒަމާއި ޙައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތައް ޑިފެންސް މިނިސްޓަރ ވަނީ ޙިއްސާ ކުރައްވާފައެވެ.

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވުނު މިބައްދަލުވުމުގައި  ޑިފެންސް މިނިސްޓަރުގެ އަރިހުގައި، ޑިފެންސް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް މުޙައްމަދު ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް