ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް

ގްލޯބަލް ސިޓިޒަންޝިޕް އެންޑް ރެސިޑެންސް އެޑްވައިޒަރީ ފާމެއް ކަމުގައިވާ ހެންލޭ އެންޑް ޕާޓްނާރްސް އިން ކޮންމެ އަހަރަކު އާންމުކުރާ، ހެންލޭ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެ 58 ވަނަ އަށް ހިމެނިއްޖެ އެވެ. މިދ...

10 Jan 2018 | 06:14

ގްލޯބަލް ސިޓިޒަންޝިޕް އެންޑް ރެސިޑެންސް އެޑްވައިޒަރީ ފާމެއް ކަމުގައިވާ ހެންލޭ އެންޑް ޕާޓްނާރްސް އިން ކޮންމެ އަހަރަކު އާންމުކުރާ، ހެންލޭ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެ 58 ވަނަ އަށް ހިމެނިއްޖެ އެވެ.

މިދިޔަ އަހަރު މި ލިސްޓްގައި ރާއްޖެ އޮތީ 60 ވަނައިގަ އެވެ. އެހެންކަމުން މިއީ ދެ ދަރަޖައިގެ ކުރި އެރުމެކެވެ.

މި އިންޑެކްސްގައި މައިގަނޑުގޮތެއްގައި ބަލަނީ ވިޒާ ފްރީކޮށް ދަތުރުކުރެވޭ ގައުމުތަކުގެ އަދަދަށެވެ. އެގޮތުން މި ލިސްޓްގެ އެއްވަނައިގާ ޖަރުމަނުވިލާތް އޮތް އިރު ޖަރުމަނު ޕާސްޕޯޓްގައި ވިޒާ އާއިނުލާ 177 ގައުމަކަށް ދަތުރު ކުރެވެ އެވެ. ދެވަނައިގާ އޮތީ ސިންގަޕޫރެވެ. ސިންގަޕޫރު ޕާސްޕޯޓްގައި ވިޒާ އާއި ނުލާ 176 ގައުމަކަށް ދަތުރު ކުރެވެ އެވެ.

ލިސްޓްގެ 58 ވަނައިގާ ރާއްޖެ އޮތް އިރު ދިވެހި ޕާސްޕޯޓްގައި ވިޒާ އާއި ނުލާ 83 ގައުމަކަށް ދަތުރު ކުރެވެ އެވެ.

މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާލާއިރު މި ލިސްޓްގައި އިންޑިއާ އުޅެނީ 86 ވަނައިގައެވެ. ސްރީ ލަންކާ 93 ވަނައިގާ އުޅޭއިރު ބަންގްލަދޭޝް އުލެނީ 96 ވަނައިގާ އެވެ. އަދި ޕާކިސްތާން އުޅެނީ 101 ވަނައިގާ އެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް