ރަސްދޫގައި ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި

މީގެ ދެ ރޭ ކުރިން އއ ރަސްދޫގައި ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލައާއި ގުޅިގެން އުމުރުން 24 އަހަރުގ...

10 Jan 2018 | 04:43

މީގެ ދެ ރޭ ކުރިން އއ ރަސްދޫގައި ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލައާއި ގުޅިގެން އުމުރުން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

މި މާރާމާރީގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ޒަހަމްވެފައިވާއިރު އެރަށުގައި ހުންނަ އއ އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާ ދީފައި ވެ އެވެ. ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރީގައި ޒަހަމްވެފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓަކަށެވެ. އޭނާ އަށް ހަމަލާދީފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ކަމުގައިވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް