ލަންކާ އާއި ރާއްޖޭގެ ގައުމީ ވޮލީ ޓީމު ކުޅުނު މެޗު ރައީސް ބައްލަވަލައްވައިފި

ސްރީލަންކާގެ ޤައުމީ ވޮލީ ބޯޅަ ޓީމާއި، ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމް ބައްދަލުކުރި ރަޙްމަތްތެރިކަމުގެ މެޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފި އެވެ. މި މެޗް ފެށުމ...

09 Dec 2021 | 18:48

ސްރީލަންކާގެ ޤައުމީ ވޮލީ ބޯޅަ ޓީމާއި، ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމް ބައްދަލުކުރި ރަޙްމަތްތެރިކަމުގެ މެޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފި އެވެ.

މި މެޗް ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމުގެ ޖާރޒީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފަ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު ފޯރިގަދަ މި މެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ލަންކާ ޓީމެވެ.

މިރޭގެ މެޗަކީ، ބަންގްލަދޭޝްގައި މި މަހު ކުރިއަށްދާ "ބަންގަބަންދު އޭޝިއަން ސެންޓްރަލް ޒޯން މެންސް އެންޑް ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް-2021" އަށް ތައްޔާރުވުމަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް