ނޮޅިވަރަންފަރަށް އޭޓީއެމް ގެ ޚިދުމަތް ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ނައިބު ރައީސް އަރިހުގައި ދަންނަވައފި

ހދ. ނޮޅިވަރަންފަރު އޭޓީއެމް ގެ ޚިދުމަތް ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަރިހުގައި ދަންނަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލ...

09 Dec 2021 | 18:43

ހދ. ނޮޅިވަރަންފަރު އޭޓީއެމް ގެ ޚިދުމަތް ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަރިހުގައި ދަންނަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި މަގުހެދުމާއި ޞިއްހީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާކަންކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ބޭސް ލިބުމުގައި ހުރި ދަތިތަކާއި އެމްބިއުލާންސްގެ ޚިދުމަތް މެދު ނުކެނޑި ލިބުމުގެ މުހިންމުކަމާއި ރަށުގެ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

ހަމަމިއާއެކު ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމާއި ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަމާއި ރަށުގެ ތަރައްޤީއަށް ކުރިޔަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން މަޢުލޫމާތު ހިއްސާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން އެ ރަށުގެ މަގުހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަންމުގައި ވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް