އިތުރު 2 ދަރިވަރަކު ޕޮޒިޓިވް ވެ، ހަނިމާދޫގައި ކޮވިޑްގެ ނުރައްކާ ބޮޑުވެއްޖެ

ހަނިމާދޫން ދެ ދަރިވަރުން ކޮވިޑް 19އަށް ޕޮޒިޓިވްވެ، ކޮވިޑްގެ ނުރައްކާ ބޮޑުވެއްޖެއެވެ. ހަނިމާދޫގައި ހިންގާ ޕުރީސްކޫލެއް ކަމުގައިވާ ސާދާ ޕުރީސްކޫލުގެ 1 ދަރިވަރަކާއި ހަނިމާދޫ ސްކޫލް ގްރޭޑް 4 ގެ ދަރިވަރަކު...

09 Dec 2021 | 17:59

ހަނިމާދޫން ދެ ދަރިވަރުން ކޮވިޑް 19އަށް ޕޮޒިޓިވްވެ، ކޮވިޑްގެ ނުރައްކާ ބޮޑުވެއްޖެއެވެ.

ހަނިމާދޫގައި ހިންގާ ޕުރީސްކޫލެއް ކަމުގައިވާ ސާދާ ޕުރީސްކޫލުގެ 1 ދަރިވަރަކާއި ހަނިމާދޫ ސްކޫލް ގްރޭޑް 4 ގެ ދަރިވަރަކު ވަނީ މިއަދު ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ.

އެ ދެ ދަރިވަރުން ވެސް ވަނީ އަންގާރަ ދުވަހު ސްކޫލްލަށް ހާޒިރުވެފަ އެވެ. ރޯގާގެ އަލާމާތް ހުރުމުން އެ ދެ ދަރިވަރުންގެ ސާމްޕަލް ނެގީ ބުދަ ދުވަހު އެވެ.

މުޅި ޖުމުލަ 24 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު، މިއަދު ވަނީ 7 ފަރާތެއް ޕޮޒިޓިވް ވެފަ އެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ 4 ސާމްޕަލާއި ރޯގާގެ އަލާމާތް ހުރެގެން ނެގުނު 3 ސާމްޕަލެކެވެ.

ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް