ހަތަރު ސްކޫލެއްގެ ކްލާސް ރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ވެންޒާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ސ. އަތޮޅު މަދަރުސާގެ 06 ކްލާސްރޫމް އިމާރާތާއި ސ. މަރަދޫ، މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމާއި، ލެބް އަދި އޮފީސް އިމާރާތުގެ މަސައްކަތް ހިމެނޭހެން ލ. ގަން، އިހައްދޫ ސްކޫލުގެ 6 ކްލާސްރޫމް އިމާރާތުގެ މަސައްކަތާއި އެކު، ޏ. ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލްގެ 16 ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތެވެ.
ވެންޒާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސ. އަތޮޅު މަދަރުސާގައި 06 ކްލާސްރޫމްގެ މަސައްކަތަށް ހުށައަޅުއްވާފައިވަނީ 6.7 މިލިއަން ރުފިޔާ އެވެ. އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމް، ލެބް އަދި އޮފީސް އިމާރާތުގެ މަސައްކަތަށް ހުށައަޅުއްވާފައިވަނީ 15 މިލިއަން ރުފިޔާ އެވެ. އަދި ލ. ގަން، އިހައްދޫ ސްކޫލުގެ މަސައްކަތަށް ހުށައަޅުއްވާފައިވަނީ 6.4 މިލިއަން ރުފިޔާ އެވެ.
ޏ. ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލްގެ މަސައްކަތަށް ހުށައަޅުއްވާފައިވަނީ 14.2 މިލިއަން ރުފިޔާ އެވެ.
މި ހަތަރު ސްކޫލުގެ އެއްބަސްވުމުގައި ވެސް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް އެވެ. ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަބްދުﷲ ހާނިސް މޫސާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް