މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ރައީސް ގާފަރަށް ވަޑައިގެންނަވަނީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ގާފަރަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ސޯލިހު ފުރާވަޑައިގެންނަވާނީ މާދަމ...

09 Dec 2021 | 17:31

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ގާފަރަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ސޯލިހު ފުރާވަޑައިގެންނަވާނީ މާދަމާ މެންދުރު ފަހު ކަމަށެވެ. އެނބުރި މާލެ ވަޑައިގެންނަވާނީ ހޮނިހިރު ދުވަހު އެވެ.

މި ދަތުރުފުޅުގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެވަޑައިގެންނަވާނެ އެވެ.

އަދި އެ ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގައި އެމަނިކުފާ ބައިވެރިވެ ވަޑައިގެންނަވާނެ އެވެ.

ރައިސް އެންމެ ފަހުން އަޮޅުތެރެރެއަށް ވަޑައިގެންނެވީ މިދިޔަ މަހު ކުރީކޮޅު އެވެ. އެއީ އއ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު10 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް