ދެމީހަކު ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުން ބުނީ މާލެ އިން ދެމީހަކު ގަދަކަމުން ކާރެއްގެ ޑިކީއަށް ލައިގެން ހުޅުމާލެ އަށް ގެންދިއުމަށް ފަހު، އަނބުރާ މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ގަރާޖެއްގެ ތެރޭގައި ދެމީހުންނަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގާ ހަތަރު މީހަކު ހައްޔަރު ކުރިނަމަވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހައި ދިނީ ތިން މީހަކަށް ކަމަށާއި ހަތަރު ވަނަ މީހާ ވަނީ ޝަރުތުތަކަކާއިއެކު ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު ކަމަށާއި 15 މީހުންގެ ގްރޫޕަކުން ބަޔަކު ހިފަހައްޓައި އޭގެ ތެރެއިން ދެމީހަކު ކާރަށް އަރުވައިގެން ގެންގޮސް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ.
ފަހަކަށް އައިސް މީހުންނަށް އޮޅުވާލައިގެން ގެސްޓްހައުސްތަކަށް ގެންގޮސް ބަރަހަނާކޮށް ފޮޓޯ ނެގުމަށް ފަހު ބްލެކްމެއިލްކޮށް ފައިސާ އަތުލުމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
މިފަދަ މައްސަލަތަކާއި މެދު ޢާންމުން ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް