ކުނބުރުދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙު ކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ އިން އދ. ކުނބުރުދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙުކޮށް ދެއްވާފައިވަނީ، ކުނބުރުދޫގައި މިއަދު ބޭ...

09 Dec 2021 | 15:30

އެމް.ޑަބްލިޔު.އެސް.ސީ އިން އދ. ކުނބުރުދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙުކޮށް ދެއްވާފައިވަނީ، ކުނބުރުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހާއި، އެމް.ޑަބްލިޔު .އެސް.ސީގެ ބޯޑް މެންބަރ އަލްފާޟިލް އިބްރާހިމް އަންވަރު އާއި، މަތިވެރި ދާއިރާގެ މެންބަރ އަލްފާޟިލް ޙަސަން ޒަރީރު އަދި ކުނބުރުދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢަޒްމީ އެވެ

މި ރަސްމިއްޔާތުގައި ފެން  ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުނބުރުދޫ އަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ.

މި މަޝްރޫޢުގެ ދަށުން ކުނބުރުދޫގައި ގައި 2.75 ކިލޯމީޓަރު ގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫޢު ގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތު ގެ ތެރޭގައި ކުނބުރުދޫ ގައި 2.30 ކިލޯމީޓަރ ގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމާއި، 374 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި،2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ.

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދެވިގެން ދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 45.12 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް