ނުކުޅެދުންތެރިކަން ހުންނަ ހާލިދު އެކްސިޑެންޓުވީ ކާރަކުން ޖެހިގެންނެތް ނޫން: ފުލުހުން

ހުޅުމާލޭގައި ހާލިދު އަބްދުﷲ ދުއްވި ތިން ފުރޮޅުލީ ސައިކަލް އެކްސިޑެންޓުވީ ކާރަކުން ޖެހިގެން ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ. މަންޒަރުދުށް މީހުންނާއި ހަވާލާދީ ހާލިދުގެ އާއިލާއިން މީޑިއާގައ...

09 Dec 2021 | 15:24

ހުޅުމާލޭގައި ހާލިދު އަބްދުﷲ ދުއްވި ތިން ފުރޮޅުލީ ސައިކަލް އެކްސިޑެންޓުވީ ކާރަކުން ޖެހިގެން ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

މަންޒަރުދުށް މީހުންނާއި ހަވާލާދީ ހާލިދުގެ އާއިލާއިން މީޑިއާގައި ބުނެފައިވަނީ އޭނާގެ ސައިކަލް އެކްސިޑެންޓުވީ ފަހަތުން އައި ކާރެއް ޖެއްސުމުން ކަމަށެވެ. އަދި އެކްސިޑެންޓުވުމުން މަޑުނުކޮށް ކާރު ދިޔައީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.

މި މައްސަލައިގަ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހުންނަށް އެގޮތަށް ސިފަ ވިޔަސް ތަހުގީގަށް މިހާތަނަށް އެއްކުރި މައުލޫމާތުތަކަށް ބަލައިރު ކާރުން ހާލިދުގެ ސައިކަލލުގައި ޖެހިފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ އެގޮތަށް ނިންމީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކަށްވެސް ބެލުމަށް ފަހު ކަމަށެވެ.

ހާދިސާ ހިނގާފައިވާ ގޮތާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުވީ ކާރު އަންނަތަން ފެނުމުން ސައިކަލުގައި އިން މީހާއަށް ހަދާލެވުނު ގޮތަކުން ސައިކަލު ވެއްޓިގެން ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދެއަކަށް ދާން އޮންނަ ބްރިޖު ކައިރީގަ އެވެ. މި ހާދިސާގައި ހާލިދުގެ މޫނުގެ ހުރިހާ ކަށިތަކެއްހެން ބިނދި ފުން ޒަހަމްތަކެއް ހަށިގަނޑަށް ލިބިފައިވެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާއިރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް