އިދިކޮޅު ޕީޕީއެމް ޕީއެންސީން މާދަމާރޭ ބާއްވާ "ކޮތަރު ކޮށި" ޖަލްސާ އެންމެ ފަހުން ކާނިވަލަށް ބަދަލުކޮށްފި އެވެ.
ކޯލިޝަނުން މަސައްކަތް ކުރީ އެ ޖަލްސާ ހުޅުމާލޭ ހިޔާ ފްލެޓުތައް ސަރަހައްދުގައި ބާއްވާ ށެވެ. އެކަމަކު ހައުސިން ޑިވެލޮޕްމެންޓ ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލޭ އެއްވެސް ތަނެއްގައި އެ ކޯޕަރޭޝަންގެ ހުއްދަ ނެތި އެއްވެސް އެއްވުމެއް ނުބޭއްވޭނެ ކަމަށް އަންގާފަ އެވެ. އޭގެ ފަހުން ރެއިން ފެށިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ޖަލްސާއަށް ތައްޔާރުވުމަށް ހުރަސް އަޅަމުންނެވެ.
ހިޔާފްލެޓް ސަރަހައްދުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކާނިވާ ސަރައްދަށް ޖަލްސާ ބަދަލު ކުރަން ޖެހުނީ ސަރުކާރުން އެ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ފުރުސަތު ނުދިނުމުން ކަމަށެވެ. އެ މައްސަލައިގަ ފުލުހުންނާއި ބައްދަލު ކުރުމުން އެތަނުގައި ޖަލްސާ ނުބޭއްވޭނެ ގާނޫނީ އެއްވެސް ސަަބަބެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ފުލުހުން ދެއްކި ވާހަކަ އާއި ގުޅޭގޮތުން އަދުރޭ ވިދާޅުވީ ފުލުހުން އެ ސަރަހައްދަށް ދިޔައީ އެޗްޑީސީން އަންގައިގެން ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި ފުލުހުން އިސްކުރަނީ އާންމު މަސްލަހަތު ކަމަށް ބުނެ ދެއްކީ ބުރަދަނެއް ނެތް ވާހަކަ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ޖަލްސާ ބާއްވާ ތަން ބަދަލުކޮށްގެންވެސް މީޑިއާތައް މެދުވެރިކޮށް، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެކަން ސަރުކާރަށް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މިއީ ދޫދިނުން ނޫން ކަމަށާއި އަދިވެސް ގަބޫލު ކުރަނީ އެޗްޑީސީގެ އެންގުން ގާނޫނާއި ހިލާފަށް ކަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ އިހުތިތާސްގައިވާ ތަނެއްގައި ޖަލްސާ ބާއްވަން އެޗްޑީސީގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި ޖަލްސާ ބާއްވާ ތަން ބަދަލު ކުރީ ޕީޕީއެމް/ ޕީއެންސީ އަކީ ފުލުހުންނާއި ކުރިމަތިލާނެ ބަޔަކަށް ނުވާތީ ކަމަށެވެ.
މި ޖަލްސާ އެތަނުގައި ނުބޭއްވޭނެ ކަން ޔަގީންވުމުން ބަދަލު ކުރީ އުސްފަސްގަނޑަށެވެ. އެކަމަކު އެ ތަނަކީ ސަރުކާރުގެ ބިމަކަށް ވާީ ކާނިވަލަށް ބަދަލު ކުރީ ކަމަށް ޕީޕީއެމްއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް