ކުޅުދުއްފުށީ ހޮސްޕިޓަލުން ތެލެސީމިއާ ޑީއެންއޭ ޓެސްޓްގެ ހިދުމަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތެލެސީމިއާ ޑީއެންއޭ ޓެސްޓުގެ ހިދުމަތް މިއަދު ފަށައިފި އެވެ. މި ހިދުމަތް އެ ހޮސްޕިޓަލުގައި ދެނީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގުޅިގެންނެވެ. އެ ހޮސްޕިޓަަލ...

09 Dec 2021 | 11:46

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތެލެސީމިއާ ޑީއެންއޭ ޓެސްޓުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

މި ހިދުމަތް އެ ހޮސްޕިޓަލުގައި ދެނީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގުޅިގެންނެވެ.

އެ ހޮސްޕިޓަަލުން ބުނި ގޮތުގައި އެ ޓެސްޓު ހެދުމަށް ހަމަޖެހިފައިވަނީ އެ ހޮސްޕިޓަލްގެ ލެބޯޓްރީ މެދުވެރިކޮށް ސާމްޕަލް ނަގައި މާލެ ފޮނުވައިގެންނެވެ.

އެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

ތެލެސީމިއާ ޑީއެންއޭ ޓެސްޓަކީ ތެލެސީމިއާ ސްކްރީން މެދުވެރިކޮށް ނަތީޖާ ޔަގީންނުވާ މީހުންނަށް ޝީގެ ފަރާތުން ދެމުން އަންނަ ހިދުމަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް