އެއްވެ އުޅުމުގެ ހައްގު މި ސަރުކާރަށް ބަދަލުވެ، ޖަލްސާތައް ހުއްޓުވަން ތައްޔާރުވަނީ: ޖަމީލް

އެއްވެ އުޅުމުގެ ހައްގު މިސަރުކާރަށް ބަދަލުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ހިޔާ ފްލެޓުތައް ސަރަހައްދުގައި އިދިކޮޅު...

09 Dec 2021 | 11:34

އެއްވެ އުޅުމުގެ ހައްގު މިސަރުކާރަށް ބަދަލުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ހިޔާ ފްލެޓުތައް ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބާއްވަން ނިންމާފައިވާ "ކޮތަރު ކޮށި" ޖަލްސާ ބާއްވަން ފުރުސަތު ނުދީ ފުލުހުން ފޯރިމަރަން ފަށާފަ ވަނިކޮށެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ބުނީ ހުޅުމާ

ލޭގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަންގެ ހުއްދަ ލިބިގެން ކަމަށެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެއުޅުމަކީ ސަރުކާރަށް މިހާރު ދުސްތޫރީ ޙައްޤެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދުރާލާ ހުއްދަ ހޯދަންޖެހުނީ އެމްޑީޕީން ބުނާ ޚުދުމުހުތާރު 30 އަހަރުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ފުލުހުންގެ އަމަލުތައް ހުރިގޮތުން ފުލުހުންނަކީ އަމިއްލަ ބުއްދި ނެތް، ގުލާނުކުރަންތިބި ބަޔަކަށް އެމްޑީޕީން ހަދާފައިވާ ކަމަށެވެ. އަދި ސަރުކާރު ގަދަ ނިދިން ހޭލައި އިދިކޮޅުގެ ބޮޑު ޖަލްސާައް ހުއްޓުވަން ތައްޔާޜުވަމުންދާ ކަމަށް ވިދާޅުވި އެވެ.

https://twitter.com/MJameelAhmed/status/1468847438752407556

ޖަލްސާ ބާއްވަން ހުއްދަ ނުދިން މައްސަލައިގަ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކޮށްފަ އެވެ. އެކަމާއި ގުޅިގެން މިއަދު އެޗްޑީސީން ވަނީ މައްސަލަ ކޯތަށް ވައްދައި އެލްޖީއޭއަށްވެސް ހުށަހަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް