މޯލްޑިވްސް އިންޓަގްރޭޝަން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ހުއްދަ ދީފައިވަނީ އައްޑޫ ސިޓީ ހުޅުދޫ، ރަސްގެދަރު، މުހައްމަދު ޔާސިންއަށް ކަމަށެވެ. އެކަމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަނުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
އެކަމުގެ ހުއްދަ ދިންކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އީސީގެ ރައިސް ފުވާދު ތައުފީގެވެ.
https://twitter.com/ElectionsMv/status/1468881709873582080
އެންމެ ފަހުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި3،000 މެމްބަރުން ހަމަވުމުން ރެޖިސްޓްރީ ކޮށްދީފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ އެވެ. އެ ޕާޓީ އަކީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދި ޕާޓީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް