ހުޅުމާލޭ ރެޖިސްޓްރީ ބާތިލު ކުރި މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ވައްދައިފި

ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގެ ރެޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލް ކުރި މައްސަލަ ސިވިލް ކޯޓަށް ވައްދާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. ހިޔާ ފްލެޓުތައ...

09 Dec 2021 | 08:08

ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގެ ރެޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލް ކުރި މައްސަލަ ސިވިލް ކޯޓަށް ވައްދާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ ފްލެޓުތައް ސަރަހައްދުގައި އިދިކޮޅުން ބާއްވަން އުޅުނު "ކޮޮތަރު ކޮށި" ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން ނިންމުމާއި އެކު މާލޭ ސިޓީ ކައުންސިލުން ވަނީ ރެޖިސްޓްރީ އިއްޔެ ބާތިލްކޮށް އެކަން އެޗްޑީސީއަށް އަންގާފަ އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ އަކީ އެ ކޯޕަރޭޝަނުން ހިއްކި ބިމެއް ކަމަށާއި ހުޅުމާލެ ރެޖިސްޓްރީކޮށްފައިވަނީ އެ ކޯޕަރޭޝަނަށް ކަމަށެވެ. އެހެންވެ ސިޓީ ކައުންސިލްގެ ނިންމުން ބާތިލް ކޮށްދޭން މިއަދު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ އެލްޖީއޭއަށްވެސް އެޗްޑިސީން ވަނީ ހުށަހަޅާފަ އެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް