މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެންޓި ކޮރަޕްޝަން (އޭސީސީ) އަށް ހާޒިރު ވާން އަންގައިފި އެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ މިއަދު މެންދުރުފަހު 2:00 އަށް އޭސީސީ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
އޭސީސީ އަށް ހާޒިރުވާން އަންގާފައިވަނީ ބިރު ދެއްކުމުގެ ގޮތުން ކަމުގައި ސިފަ ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެކަމާ ޖެހިލުންވެވަޑައި ނުގަންނަވާ ކަމުގައެވެ.
މީގެ އިތުރުން އޭސީސީ އަކީ ޤާނޫނީ ގޮތުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެއީ މިނިވަން ކަމާއި އެކު ހިނގާ މުއައްސަސާ އެއް ނޫން ކަމުގައެވެ.
ޑރ. މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި ވެސް އޭސީސީ އަށް ހާޒިރު ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް