ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް، ސޮއި ކުރީ ހައުސިންއާ އެކު: އެމްޕީއެލް

މާލޭ ހުޅަނގު ދެކުނު ފަރާޓު ޓީ ޖެޓީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އައި ހަވާލުކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަ...

09 Dec 2021 | 06:46

މާލޭ ހުޅަނގު ދެކުނު ފަރާޓު ޓީ ޖެޓީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އައި ހަވާލުކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ނިންމާފައިވަނީ އެ ޖެޓީއާ ހިންގުމަށް އެމްޕީއެލްއަށް ދީފައިވާ މުއްދަތު ހަމަވާތީ އެތަނާއި ހަވާލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެތަން އެމްޕީއެލްއަށް ދީފައިވާ މުއްދަތު މިމަހުގެ12 ވަނަ ދުވަހު ހަމަވާނެ އެވެ.

މިކަމާއި ގުޅިގެން މިއަދު އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައި ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް، 2015 ގައި ހައުސިން މިނިސްޓްރީން ކަމަށެވެ. އެހެންވެ ޓީޖެޓީ އަތުލުމުގެ ބާރު ވެސް އޮންނާނީ ހަމައެކަނި ހައުސިން މިނިސްޓްރީ އަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެމްއޫޔޫގައި ވަކި މުްދަތެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ ޓީޖެޓީގައި ހުރި އެމްޕީއެލްގެ އެއްޗެހި ހުސްކޮށް، އަންނަ އާދިއްތަ ދުވަހުގެ ކުރިން އެތަން ހަވާލުކުރަން އަންގައިފަ އެވެ. އަދި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މުވައްޒަފުންނާ އެކު ވިޔަސް ޓީޖެޓީ ހަވާލުނުކޮށްފި ނަމަ، ކައުންސިލުން އަމިއްލަ އަށް އެތަނާ ހަވާލުވާން ދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް