ޝައިޚް ފަރީދުުގެ ވަރަށް ޚާއްސަ ދަރުހެއް މާދަމާ ރޭ ވިލިމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.
ދުވަސްއެމްވީއަށް މައުލޫމާތު ދެއްވަމުން މި ދަރުސް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ފަރާތަކުން ބުނީ މިއީ ވިލިމާލޭގައި ދިރިއުޅޭ ޒުވާނުން އިސްނަގައިގެން ބާއްވާ ދަރުހެއް ކަމަށެވެ.
"ދުނިޔެ ފަނާވުން" މި މައުޟޫއަށް ކުރިއަށް ގެންދާ މި ދަރުސް ފެށުމަށް ނިންމާފައިވަނީ މާދަމާ ރޭ 9 ޖަހާ އިރު ކަމަށާއި ދަރުސް އޮންނާނީ ބަނދަރު ސަރަހައްދުގައި ކަަމަށް ވެސް އެފަރާތުން ބުންޏެވެ.
އެފަރާތުން އިތުރަށް ބުނީ ވިލިމާލޭގައި ދީނީ ދަރުހެއް އެންމެފުރަތަމަ ދެއްވީ ވެސް ޝައިޚް ފަރީދު ކަމަށާއި އެއީ 2010 ވަނަ އަހަރުގެ ޖަނަވަރީ 22 ގައި ކަމަށެވެ.
"އެއަަށްފަހު އެކި ސަަބަބުތަކާ ހެދި، ޝެއިޚް ފަރީދުގެ ދަރުހެއް ބޭއްވޭގޮތް ވަނީ ނުވެފަ. އެކަމަކު މާދަމާ ރޭ އިރާދަކުރެއްވިއްޔާ އައު ފެށުމަކާއެކު މި ފަށަނީ. ކުރިއަށް ވެސް އިތުރު ދަރުސްތައް ބޭއްވުމަށް ވަނީ ނިންމާފަ." އޭނާ ބުންޏެވެ.
މި ދަރުހަށް ވީހާ ވެސް ގިނަ މީހުން ދިއުމަށް އެދިފައިވާ އިރު، ދެ ޖިންސުގެ އެންމެހައި ފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް