އައްޑޫ ސިޓީ ފޭދޫ އާއި ހުޅުމީދޫ އާއި ދެމެދު އެމްޓީސީސީން ސައިކަލް ފެރީގެ ހިދުމަތް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މި ހިދުމަތް ހަފްތާގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ދޭނެ ކަމަށެވެ.
މި ހިދުމަތަށް ހާއްސަކޮށްފައިވާ ފެރީގައި އެއް ފަހަރާ 15 ސައިކަލް އުފުލޭނެ އެވެ. އަދި އެ ފެރީތަކަކީ 60 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށް މައުލޫމާތުދެ އެވެ.
ފެރީގައި ސައިކަލެއް ގެންދެވެނީ 20 ރުފިޔާ ދައްކައިގެންނެވެ. އެމްޓީސީސީން ބުނީ ދިޔަވަރަށް އަންނަ ބަދަލާއި އެކު ސައިކަލް ފެރީއަށް އެރުވުމަށް އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫ އެމްޓީސީސީ ފެރީ ޓާމިނަލްގައި ހުންނާނެ ކަމަށެވެ.
އެމްޓީސީސީގެ މަގުސަދަކީ ހެޔޮގޮތުގައި ފަސޭހަކަމާއި އެކު ބޭނުން ކުރެވޭ ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މ ދަތުރުތަކުގެ ޝެޑިއުލްގައި ވާގޮތުން ދަތުރުތައް އޮންނަ ކޮންމެ ދުވަހަކު ފޭދޫއިން ތިން ދަތުރު އަދި ހުޅުމީދޫން ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް