ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓު ނިމިއްޖެ

ފުވައްމުލަކު ސިޓީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ނިމިއްޖެ ކަމަށާއި އަދި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ހައެއް ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި ކަމުގައި އެ ...

09 Dec 2021 | 05:17

ފުވައްމުލަކު ސިޓީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ނިމިއްޖެ ކަމަށާއި އަދި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ހައެއް ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި ކަމުގައި އެ މަސައްްކަތް ކުރާ ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމަތު ދެއްވައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ހިމެނޭ ކަމުގައެވެ.

އަދި 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުން މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމުގައި އެމްޓީސީސީން ވިދާޅުވެއެވެ.

މީގެ އިތުރުން، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް  މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 271.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް