ބ. އަތޮޅުގެ ހަތް ރަށަކުން، 50 ޓަނުގެ ކުނި ރީސައިކަލް ކުރަން އިންޑިއާ އަށް ފޮނުވައިފި އެވެ.
ބޭރަށް ފޮނުވާފައި ވަނީ ޕްލާސްޓިކާއި ދަގަނޑާއި ކަރުދާހުގެ ކުނީގެ ބާވަތްތަކެވެ.
ކުނި ރައްކާތެރިކޮށް ނައްތާލުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ސޮނޭވާފުށި ރިސޯޓުގެ ސޮނޭވާފުށި ނަމޫނާ އެންޖީއޯގެ ފަރާތުން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގައި މިހާރު ބައިވެރިވެފައި ވަނީ އެ އަތޮޅުގެ ދޮންފަނު، ކަމަދޫ، ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ، ކިހާދޫ އަދި މާޅޮހުންނެވެ.
އެ އެންޖީއޯ އިން މަޢުލޫމާތު ދޭ ގޮތުގައި އެ ކުނިތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން އެ ރަށްތަކަށް އާމްދަނީ ލިބޭނެއެވެ.
ފަނާވާ ޒާތުގެ ކުނިން ކާދު ހަދައި ގަސް ކާނާގެ ގޮތުގައި އެތަކެތި ތައްޔާރުކުރުމުގެ މަސައްކަތްވެސް އެ އެންޖީއޯ އިން އަންނަނީ ބ. އަތޮޅުގައި ކުރަމުންނެވެ.
ކުނި ރީސައިކަލް ކުރުމުގެ ފުރަތަމަ މަޝްރޫޢު އެ އެންޖީއޯ އިން ކުރިއަށް ގެންދިޔައީ ބ. މާޅޮހުގަ އެވެ. މާޅޮހުގައި އީކޯ ސެންޓްރެއް ހަދައި ބ. އަތޮޅުގެ ހަތް ރަށަކުން އެ މަޝްރޫއުގައި މިހާރު ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް