މިއަދު ތިން ރިސޯޓެއްގައި ތިން މަރު

މިއަދު ދެ ފަތުރުވެރިއަކާއި ރިސޯޓެއްގައި ވަޒީފާ އަދަކުރާ ބިދޭސީއަކާ މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފިހާޅޮހި އައިލެންޑް ރިސޯޓުން ފަތުރުވެރިއަކު މަރުވެފައިވަނީ ގެނބިގެންނެވެ. ހެނދުނު 10...

09 Dec 2019 | 14:19

މިއަދު ދެ ފަތުރުވެރިއަކާއި ރިސޯޓެއްގައި ވަޒީފާ އަދަކުރާ ބިދޭސީއަކާ މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފިހާޅޮހި އައިލެންޑް ރިސޯޓުން ފަތުރުވެރިއަކު މަރުވެފައިވަނީ ގެނބިގެންނެވެ. ހެނދުނު 10:34 ހާއިރު ގެނބިގެން މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ 62 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށް ފުލުހުން ބުނެއެވެ.

ޕާކް ހަޔާތް މޯލްޑިވްސް ރިސޯޓުންވެސް ފަތުރުވެރިއަކު މަރުވެފައިވަނީ ގެނބިގެންނެވެ. އެގޮތުން ފީނަން ގޮސް އުޅުނު އެމެރިކާގެ 62 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލަ މެންދުރު 01:50 ގައި ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިއަދު ހެނދުނުގެ ވަގުތެއްގައި ލިލީ ބީޗް ރިސޯޓްގައި މަސައްކަތްކުރާ 38 އަހަރުގެ އިންޑޮނޭސިޔ ފިރިހެން މުވައްޒަފަކު ނިދާ ހޭނުލައިގެން ބެލި އިރު މަރުވެފައިވާކަމުގެ މައްސަލައެއްވެސް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް