ބްރޯޑްކޮމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަދުވަހާއި ހަމައ...

09 Dec 2019 | 09:25

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު މި މަގާމަށް މީގެ ކުރިންވެސް ހުޅުވާލިއެވެ. އަދި ތިން މީހަކު ކުރިމަތިވެސްލިއެވެ. ނަމަވެސް އެ ނަންތައް މަޖިލީހުގެ ތަޅުމާއި ހަމައަށް ފޮނުވާފައެއް ނުވެއެވެ.

ބްރޯޑްކޮމްގައި މިހާރު މަގާމެއް ހުސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ފާތިމަތު ޒައިނާ ވަކި ކުރުމުންނެވެ.

ބްރޯޑްކޮމް އަށް ދާދިފަހުންވެސް ތިން މެމްބަރަކު އައްޔަން ކޮށްފައިވެއެވެ. އެއީ މަރިޔަމް ވަހީދާ އާއި އަހުމަދު ގައިސްގެ އިތުރުން އަލީ ޔޫސުފް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް