ކާކުކަން ނޭނގޭ އެ ގެއަށް ނިސްބަތްނުވާ މީހަކު ގެއެއްގެ ޓެރަސް މަތީގައި ވެއްޓިފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ 11:18 އެހާކަންހާއިރު މައްޗަންގޮޅި ގެއެއްގެ ޓެރަސް މަތީގަރި ފިރިހެނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
"އެޓެންޑް ވި އިރު އެމީހާގެ އަނގައިން ފޮނު އަރާފައިވާކަމަށް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މީހާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މީހާ ތިރިއަށް ބާލާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެމީހާއަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫންކަމަށް މިހާތަނަށް ފުލުހުން ބެލި ބެލުމުން އެނގިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގާ ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މއ.ޓޮމާޓޯގޭގެ ޓެރަސް މަތީގައި އޮތް މީހަކު ތިރިއަށް ބޭލުމުގައި އެމްއެންޑިއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާންފަށާފައިކަމަށާއި މި އިމާރާތަކީ ތިން ބުރިއަށް ހަދާފައިވާ އިމާރާތެއް ކަމަށެވެ.
އެމީހާ އޮތީ މަރުވެފައި ކަމަށް އަދި ރަސްމީ އިދާރާއަކުން ބުނެފައެއް ނުވެއެވެ. ނަމަވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ބައެއް ނޫސް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް