މަޝްހޫރު އަދި ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ސައިފަތް ކަމުގައިވާ ޓުޑޭސް ޓޭސްޓް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުން އަންނަ ޕިރަމިޑުން ޓުޑޭސް ޓޭސްޓްގެ ބަންޑަލްޕެކް ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހާއި ހަމަށް ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޓުޑޭސް ޓޭސްޓް ސައިފަތުގެ 200 ގްރާމް ޕެކެއް ބައްލަވައިގަތުމުން އެއާއެކު މަންޗީ މިލްކް 85 ގްރާމްގެ ބިސްކޯދު ޕެކެޓެއް ހިލޭ ލިބިގެންދާނެއެވެ. މިއީ ސައިތައްޓެއް ބޯލުމުގައި އެއްދޮނުގައި ދެބުޅި ޖަހާލެވޭފަދަ ޕްރޮމޯޝަނެކެވެ.
ޕިރަމިޑުން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ޓުޑޭސް ޓޭސްޓް ސައިފަތަކީ ދުނިޔޭގެ އެންމެ ގިނައިން ސައިފަތް ބޭރު ކުރާ ސްރީލަންކާގެ ޓީބޯޑް އިން ދޭ ލަޔަން ލޯގޯ ދީފައިވާ ބްރޭންޑެވެ. އަދި އެ ލޯގޯ ދެނީ އެ ޤައުމުގެ ޓީ ބޯޑުން ބަލައި 100 ޕަސެންޓް ޕިއޯ ސައިފަތަށް އެކަންޏެވެ.
ޓުޑޭސް ޓޭސްޓް ސައިފަތާއެކު މި ޕްރޮމޯޝަންގައި ހިލޭ ލިބިގެންދާ މަންޗީ މިލްކް ބިސްކޯދަކީވެސް ދިވެހިންގެ މެދުގައި މަގްބޫލު، އަނގަޔަށް މީރު އަދި ސަޔާއެކު އިންސާފުކޮށްލަން ވަރަށް ކަމުދާނެ ބިސްކޯދެކެވެ.
ޕިރަމިޑުން ޓުޑޭސް ޓޭސްޓްގެ ތަފާތު ރަހަތަށް ދިވެހިންނާއި ހަމައަށް ވަނީ ގެނެސްދީފައެވެ. އެގޮތުން ޕިރަމިޑުން ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުން އަންނަ ޓުޑޭސް ޓޭސްޓް އުފެއްދުންތަކުގެ ތެރޭގައި ބްލެކް ޓީ ލެމަން، ގްރީން ޓީ ޖޭސްމިން، ބްލެކް ޓީ ސިނަމަން، ބްލެކް ޓީ ޖިންޖަރގެ އިތުރުން ޕިއޯ ގްރީން ޓީ ހިމެނެއެވެ. މީގެ އިތުރުން ޓުޑޭސް ޓޭސްޓްގެ މަސާލާ ޗާއި ވެސް މީގެކުރިން ވަނީ ތަޢާރަފު ކޮށްފައެވެ. އެ ސައިފަތަށް ވެސް ޢާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް