ސައުދީގައި އަންހެނުންނާއި ފިރިހެނުން އެއް ދޮރަކުން ވަދެ އެކުގައި ކާން ތިބެވޭގޮތް ހަދައިފި !

ސައޫދީ އަރަބިއްޔާގައި ޒަމާނުއްސުރެ އޮތް ގޮތް ބަދަލުކޮށް ރެސްޓޯރެންޓްތަކަށް އަންހެނުންނާއި ފިރިހެނުން ވަދެ އެކުގައި ކާން ތިބެވޭގޮތަށް ހަމަޖައްސައި ކުރިން އޮތް އުސޫލު ބަދަލުކޮށްފިއެވެ. ކުރިން އުސޫލުގައި...

09 Dec 2019 | 02:14

ސައޫދީ އަރަބިއްޔާގައި ޒަމާނުއްސުރެ އޮތް ގޮތް ބަދަލުކޮށް ރެސްޓޯރެންޓްތަކަށް އަންހެނުންނާއި ފިރިހެނުން ވަދެ އެކުގައި ކާން ތިބެވޭގޮތަށް ހަމަޖައްސައި ކުރިން އޮތް އުސޫލު ބަދަލުކޮށްފިއެވެ.

ކުރިން އުސޫލުގައި އޮންނަނީ އާއިލީ ގޮތުން ގުޅުމެއް ނޯންނަ އަންހެނުންނާއި ފިރިހެނުން ވަންނަން ވަކި ދޮރު ހުންނަންވާނެ ކަމަށެވެ. އަންހެނުންނާއި ފިރިހެނުން ކާން ތިބޭ ބައި ހުންނަންވާނީ ވަކިން ކަމަށެވެ.

ނަމަވެސް އިއްޔެއިން ފެށިގެން އެ އުސޫލު އުވާލާފައިވާކަން އެ ގައުމުގެ މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

އުސޫލަށް މި ބަދަލު ގެނައުމުގެ ކުރިންވެސް ބައެއް ރެސްޓޯރެންޓްތަކުން ދިޔައީ އުސޫލާ ހިލާފަށް އެކަން ކުރަމުންނެވެ. އަދި މިކަމަކީ އެ ގައުމުގައި އަބަދުވެސް ބޮޑު ބަހުސެއް އުފެދިފައި އޮންނަ ކަމަކަށް ވަނީ ވެފައެވެ.

މި ބަދަލު ގެނެސްފައިވަނީ މިންތީގެ ހަމަހަމަކަން ގާއިމް ކުރަން ސައުދީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް