އިންޑިއާގެ ނިއުދިއްލީގައި ހުރި ފެކްޓަރީއެއްގައި އަލިފާން ރޯވެ 43 މީހަކު މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހަ ބުރިއަށް ހުރި އެ ފެކްޓަރީއަކީ އަތް ދަބަހާއި އެފަދަ ތަކެތި އުފައްދާ ފެކްޓަރީއެކެވެ. އެހާ ގިނަ މީހުން މަރުވީ އެ ވަގުތަކީ ލޭބަރުން ނިދާފައިތިބި ވަގުތު ކަމަށްވުމުން ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައިނުވާއިރު އިއްޔެ ހިނގި މި ހާދިސާގައި 43 މީހަކު މަރުވި އިރު ހާދިސާއިން 50 މީހަކު ސަލާމަތްވިއެވެ.
އެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަކީ ދިއްލީގެ ކާރުބާރުބޮޑު ސަރަހައްދެއް ކަމަށްވާއިރު އަލިފާން ކޮންޓްރޯލު ކުރުމުގައި 30 އަށްވުރެ ގިނަ ފަޔަރ ވެހިކަލް ހަރަކާތްތެރިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް