އޮރެންޖް މާޓް ރޯދަ ޕްރޮމޯޝަންގެ ނަސީބު ވެރިޔާއަށް އުމްރާ ދަތުރު ހަވާލުކޮށްފި

އަލިކިލެގެފާނު މަގު، އާކަކާގޭ 1، ގައި ހުންނަ އޮރެންޖް މާޓުގައި ކުރިއަށް ގެންދިޔަ ހަފްލާގައި 1437 ވަނަ އަހަރުގެ ރަމަޞާންމަހު އޮރެންޖް މާރޓް އިން ރޯދަ ހަދިޔާގެ ނަމުގައި ހިންގި ލަކީޑްރޯ ޕްރޮމޯޝަންގެ ނަސީ...

09 Dec 2019 | 01:37

އަލިކިލެގެފާނު މަގު، އާކަކާގޭ 1، ގައި ހުންނަ އޮރެންޖް މާޓުގައި ކުރިއަށް ގެންދިޔަ ހަފްލާގައި 1437 ވަނަ އަހަރުގެ ރަމަޞާންމަހު އޮރެންޖް މާރޓް އިން ރޯދަ ހަދިޔާގެ ނަމުގައި ހިންގި ލަކީޑްރޯ ޕްރޮމޯޝަންގެ ނަސީބްވެރިންނާއި، އިނާމް ވަނީ ޙަވާލުކޮށްފައެވެ.

އޮރެންޖް މާޓްގެ މިއަހަރު ރަމަޞާން މަހު ޕްރޮމޯޝަންގެ އެންމެ ސަރަފުވެރި ވަނަ އަށް ހޮވުނު ފަރާތާއި އިނާމް ޙަވާލުކޮށް ދެއްވީ ޤިބްލް ޙައްޖު ޢުމުރާ ގުރޫޕްގެ މެނޭޖިން ޑައިރެކްޓަ އަލްފާޟިލް ޔާމީން އިދްރީސްއެވެ. އެއް ވަނައަށް އޮރެންޖް މާޓްއިން މިޕޮރޮމޯޝަންގައި ދީފައިވާ އުމްރާ ދަތުރު ލިބިފައިވަނީ މަރިޔަމް ނަތާޝާ އަށެވެ.

ލަކީޑުރޯއިން ދެ ވަނަ އަށް ހޮވުނު ފަރާތަށް 42 އިންޗީގެ ޓީވީ އިންޝާ އަޙްމަދު އާޒިމް އަށް ޙަވާލުކޮށްދެއްވީ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އައިމިނަތު ނީޝަމް ނިޔާޒް އެވެ.

މި ޕްރޮމޯޝަންގެ ތިން ވަނަ އަށް ހޮވުނު އަޙްމަދު ސިނާޒް އަށް އިނާމް ޙަވާލުކޮށް ދެއްވީ ޑެވިނިއޯ ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް އޮޕަރޭޝަންސް އަލްފާޟިލާ އާމިނަތު ޝަހާނާ އެވެ

އޮރެންޖް މާޓް އަކީ އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުރި ފިހާރައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް