އަޙްމަދު އާމިރުގެ ސޯލޯ އާރޓް އެގްޒިބިޝަން “އިމްޕަރމަނަންސް” އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ޒިޔާރަތް ކުރައްވާ އއެ އެގްޒިބިޝަން ބައްލަވާލައްވައިފިއެވެ.
މި އާރޓް އެގްޒިބިޝަނަށް ރައީސްގެ ދެކަނބަލުން ކުރެއްވި މިޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ.
ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ގިނަ ފޮޓޯތަކެއް މި އެގްޒެބިޝަންގައި ހުރި އިރު، މި މައުރަޒުގައި ބައިވެރިކޮށްފައިވާ ބައެއް އުފެއްދުންތައް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ވިއްކުމަށް ނިންމާފައިވާ ތަކެތީގެ ތެރޭގައި ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރީތި މަންޒަރުތައް ދައްކުވައިދޭ، ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅާއި ނޯޓުފޮތާއި ޕެންސިލް ކޭސް އަދި ބުކްމާކް ފަދަ ތަކެތި ހިމެނެއެވެ.
ނެޝަނަލް އާރޓް ގެލެރީގައި އިއްޔެ ފެށި މި މައުރަޒު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް