ތޫފާން ބުލް ބުލް މިރޭ ބަންގްލަދޭޝަށް އަރާނެ ކަމުގެ ބިރު – 1.5 މިލިޔަން މީހުން ސަލާމަތީ ސަރަހައްދުތަކަށް !

ބަންގާޅު ކަނޑުގައި އުފެދުނު ތޫފާން ބުލް ބުލް މިރޭގެ ވަގުތެއްގައި ބަންގްލަދޭޝް އަށް އަރާނެ ކަމުގެ ބިރު އޮތް އިރު އެ ތޫފާން އަރާނެ ކަމަށް ބެލެވޭ ސަރަހައްދުގައި އުޅޭ 1.5 މިލިޔަން މީހުން ސަލާމަތީ އައްސޭރި...

09 Nov 2019 | 08:16

ބަންގާޅު ކަނޑުގައި އުފެދުނު ތޫފާން ބުލް ބުލް މިރޭގެ ވަގުތެއްގައި ބަންގްލަދޭޝް އަށް އަރާނެ ކަމުގެ ބިރު އޮތް އިރު އެ ތޫފާން އަރާނެ ކަމަށް ބެލެވޭ ސަރަހައްދުގައި އުޅޭ 1.5 މިލިޔަން މީހުން ސަލާމަތީ އައްސޭރިފަށަށް ގެންދިއުމުގެ މަސައްކަތް އެ ގައުގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

އަންދާޒާކޮށްފައިވާގޮތުގައި މި ތޫފާން ބަންގްލަދޭޝަށް އަރާނީ ކުލްނާ ޑިވިޒަންގެ ސަރަހައްދުންނެވެ. އެ ސަރަހައްދަކީ ކުޅިތައް ގިނަ ބިން ތިރި ސަރަހައްދެއް ކަމުން މިފަދަ ތޫފާން ތަކުގައި އަބަދުވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ ސަރަހައްދެކެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި ސަލާމަތީ އައްސޭރިތަކަށް މީހުން ގެންދިއުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު ގަޑިއިރެއްގެ ތެރޭގައި ލައްކައެއްހާ މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދެވޭތޯ މަސައްކަތް ކުރާނެއެވެ. އަދި ގޭގެއަށް ގޮސް ތޫފާނު ނުރައްކާ ބުނެދީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރުގައި 50 ހާސް މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ތޫފާން އަރާނެ ކަމަށް ބެލެވޭ އެ ސަރަހައްދަކީ ގުދުރަތީ ޕާކުތައްވެސް ހިމެނޭ ސަރަހައްދަކަށްވެފައި ނެތި ގޮސްދާނެ ކަމަށް ބެލެވޭ ބަންގާޅު ޓައިގަރ ވެސް ގިނަ އަދަދަކަށް އުޅޭ ސަރަހައްދަކަށް ވުމުން ތޫފާނުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އަންދާޒާ ކުރެއެވެ.

ތޫފާން ބުލް ބުލް މިހާރު ހުރީ ވަރަށް ބާރުގަދަ ތޫފާނެއްގެ ދަރަޖައިގައެވެ. މި ދަރަޖައިގާ ކުރިއަށް އޮތް ދެ ދުވަހު ބަންގްލަދޭޝް މަތިން މި ތޫފާން ދަތުރުކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި އެއަށްފަހު މި ތޫފާނުގެ ބާރު ދަށްވާން ފަށާނެ ކަމަށް ނިމުތު ކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ބިން ތިރި ސަރަހައްދުތަކުގައި 30 މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ތޫފާން ތަކުގައި އެ ސަރައްދުތަކުން ގިނަ އަދަދެއްގެ މީހުން މަރުވެއެވެ. 2007ގައި އެ ސަރަހައްދަށް އެރި ތޫފާން ސިދުރުގައި 3 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް މިފަދަ ތޫފާން ތަކަށް އެ ގައުމުން ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެއެވެ.

މި އަހަރުގެ މެއި މަހު ތޫފާން ފަނީގެ އަސަރުވެސް އެ ސަރަހައްދަށް ވަރަށް ބޮޑަށް ކުރިއެވެ. އަދި 20 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް